ލޯތަކަށް ފެންނާނެޔޭ
ކަޅި އަޅައިގަންނާނެޔޭ
ބޯމަތިން ދާތަންފެނޭ
މަތިމަތިން އުދުހޭނެޔޭ
އެކި ބަށްޓަމަށް ހުންނާނެޔޭ
އެކި ގޮތްގޮތަށް ސިފަވާނެޔޭ
ހުދު، ކަޅު ވިލާ އުދުހޭނެޔޭ
ފެނުމުން ހިތަށް ފިނިވާނެޔޭ
ބެލުމުން އެއަށް ފޫއްސެއްނުވޭ
ބެލުމުން އެއަށް މަ އުފާވެޔޭ
ބެލުމުން އެއަށް ކަށަވަރުވެޔޭ
ﷲ ކުޅަދުންވަންތަޔޭ
އޭގައި އެތައް ވައްތަރުވެޔޭ
ވާރޭ ވިލާވެސް ހިމެނެޔޭ
ރާގާއެކީ ދާހެން މަމެން
އަޙްމަދު އަމާން އިބްރާހިމް






0 comments:
Post a Comment
We need your feedback so please comment.