ވައިރޯޅިއާ ވިހުރުވޭ ޤައުމީ ދިދައިގެ އާދޭސް
މައިވަންތަ ލޯބި ޤައުމީ ރޮއިފާ ކުރާ މިއާދޭސް
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
ޤައުމީ ނަވަށް އަރާށޭ ދަތުރަށްޓަކާ ފުރާށޭ
ޤައުމީ ޝުޢޫރު ހުރިހައި ރިޔަލަށް ކުނބަށް ނަގާށޭ
ޤައުމީ ސަލާމަތައިގެން ޤަދަރެއް އަމާން ހިފާށޭ
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
ވައިރޯޅިއާ ވިހުރުވޭ ޤައުމީ ދިދައިގެ އާދޭސް
މައިވަންތަ ލޯބި ޤައުމީ ރޮއިފާ ކުރާ މިއާދޭސް
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
އިރު ހުޅަނގު އުތުރު ދެކުނުން ބޭރުން އެއަންނަ އޮއިވަރު
ބިރުވެރި ވަބާގެ ދުލަނގާ ދީނާ ޙިލާފު ބައިވަރު
ބިރުވެރި ހަލާކު ތަކުގައި ނުޖެހޭ މަގުން ހިނގާށޭ
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
ވައިރޯޅިއާ ވިހުރުވޭ ޤައުމީ ދިދައިގެ އާދޭސް
މައިވަންތަ ލޯބި ޤައުމީ ރޮއިފާ ކުރާ މިއާދޭސް
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
އެޒަމާން ހިނގައްޖެ ފަސްދީ ކަނޑިބަޑި ރޮކެޓްގެ ހަމަލާ
މިޒަމާނުގައި އެމަރަނީ ޅަދަރީންގެ ސިކުނޑި ވިހަލާ
އެޒަމާން މިދެއްކި ފަރަޤާ ވިސްނާ ސަމާލުވާށޭ
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
ވައިރޯޅިއާ ވިހުރުވޭ ޤައުމީ ދިދައިގެ އާދޭސް
މައިވަންތަ ލޯބި ޤައުމީ ރޮއިފާ ކުރާ މިއާދޭސް
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
މާޒީވެ ދިޔަ ޒަމާނުން ޢިބުރަތްތަކެއް ނަގާށޭ
ތާރީޙު ދިވެހި ޤައުމީ ދެފުށުން ބަލައި ކިޔާށޭ
ހާޒީ ރަދުންގެ ޒިކުރާ މިސްރާބަކަށް ހަދާށޭ
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް
ވައިރޯޅިއާ ވިހުރުވޭ ޤައުމީ ދިދައިގެ އާދޭސް
މައިވަންތަ ލޯބި ޤައުމީ ރޮއިފާ ކުރާ މިއާދޭސް
ހައިކޮށްނުލާ މިދީބުން އިވެމުން ދަނީ މިއާދޭސް






0 comments:
Post a Comment
We need your feedback so please comment.