Wednesday, March 26, 2014

އިރުވައި މޫސުން

ނިމޭތާރީޙް
ފެއްޓޭ ތާރީޙް
ނަން
22 ޑިސެމްބަރު
10 ޑިސެމްބަރު
މުލަ
5 ޖަނަވަރީ
23 ޑިސެމްބަރު
ފުރަހަޅަ
18 ޖަނަވަރީ
6 ޖަނަވަރީ
އުތުރަހަޅަ
31 ޖަނަވަރީ
19 ޖަނަވަރީ
ހުވަން
13 ފެބްރުއަރީ
1 ފެބްރުއަރީ
ދިނަށަ
26 ފެބްރުއަރީ
14 ފެބްރުއަރީ
ހިޔަވިހާ
11 މާރިޗު
27 ފެބްރުއަރީ
ފުރަބަދުރުވަ
25 މާރިޗު
12 މާރިޗު
ފަސްބަދުރުވަ
7 އޭޕްރީލް
26 މާރިޗު
ރޭވަ



ގައުމީ ބަހާރު


ރާގު: ޔެ ބަހާރު ކަހެރަހީހޭ


މިބަހާރު ފިނި ހިޔާދޭ ފަތުރާނެޔޭ ޒަމާން
      ކަނޑުގާ މި އޮއި ދެމޭހާ ހިނދަކު ދީބުމާ އޮމާން
މިނިވަން ފަޒާތެރޭ ވިހުރޭނެޔޭ ނިޝާން
      އިރުހަނދުގެ ދޯދިވާހާ ހިނދަކު ދީބުގާ އޮމާން

ފާތިޙުންނާ ޝަހީދުން ކޮށް އެދެއްވައި ޖިހާދު
  ލެއްވި ބިމުގައި މިއީ ރީތި މިނިވަން ބަހާރު (2)
    އަމަނާ އމާނާ ދެއްކެވި ނަމޫނާ (2)
      އާލާކުރާ މި ހަނދާން
        މިނިވަން ފަޒާތެރޭގާ ވިހުރޭނެޔޭ ނިޝާން

ކުރިއަރާށޭ ދަނީމީ އައި މިނަސްލުން ދަރީން
  ކޮށްޓަވާ މަގުތަކުން އަދު މި ގައުމުގެ ވެރީން (2)
    ގައުމީ ސިޔާދަތާ ގައުމީ ކަރާމަތާ (2)
      އުފުލާލަދެއްވާ ހަނދާން
        މިނިވަން ފަޒާތެރޭގާ ވިހުރޭނެޔޭ ނިޝާން

ރައިވަރު

ކާކަށްތަ ދާނައީ ކުޅަ 
ވާގިލާރުން ޖަހާދަ މުގު
ރާކަށެއް އިރާދަ މުގު
------------------------------------------------------------------------------------------------------------
ގަސްދޮށަށް ޖަންބުމާ
ނަސްވެރު މަތަލި ރަންކޮޅާ
ގަސްވެރިޔަ އަމުރާނުލާ
އަސްތާހޮވަސް ނޭނުވާ
ހަސްނެތިކަމަކު މަބަނޑުހައިވި
ޔަސްމުހުތާދު ހުރިހައިވި
------------------------------------------------------------------------------------------------------------
ގިލާވާ ގަދަވެވަރު
ވަލާތުބައިން ދަކެނޑި ފަރު
ހިލާގައި ސަންގުމަރުމަރު
ކިލާފަނި ކޮނެފިޔޭ ހަރު
ޙިލާފެއްސާނުވާ ތުންބި
ފިލާރުނޭތަ މަހިތުންބި
------------------------------------------------------------------------------------------------------------
އީދުގެވެދުން އަދާޔަށް 
ގީރުމަފަ އަޅުދުލާތުންހި
ތީމެކުރާން މިގޮތުންހި
------------------------------------------------------------------------------------------------------------    
މާވި އިދިކީލި ހަރު
އާރުގޮށުގާ ކަޅުބޮކަރު
ލާތުގެވިފަން ނެތަމަވަރު
ހާށެނުގަ ދެހަ ފުރޯފަރު
ބާރުރާ އަތްފަޔަށް ކޮށްކަ


ޑާނަމެ ޑާލިހީކޮށްކަ

ހަތަރު އުދަރެސް ފެނުޖެހުން


ހަތަރު އުދަރެސް ފެނުޖެހުމުގެ ލަފްޒީ މާނައަކީ ހިކިފަސްތަނެއް ފެންނަން ނެތުމެވެ. 
ހަތަރު އުދަރެސް ފެނުޖެހުމޭ ބުނެ އުޅެނީ ބޮޑުކަމެއް މެދުވެރި ވެގެން ވިސްނަވިސްނައިގެންވެސް އެކަމެއްގެ ހައްލު ނުފެނުމުން ނުވަތަ ކަމަކަށް ގޮތް ހުސް ވުމުންނެވެ.
މިސާލަކަށް ބުނާނަމަ ރަށެއް ގިރަނީއެވެ. އެރަށުގެ ވެރިމީހާ މިކަން ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް މިކަމެއް ކާމިޔާބެއް ނުވިއެވެ. މީނާ މިކަމާމެދު ވިސްނައި ވިސްނައިވެސް މިކަމަކަށް ހައްލެއް ނުފެނުނެވެ. މިފަދަ ޙާލަތްތަކުގައި ބުނެއުޅޭނީ 'ހަތަރު އުދަރެސް ފެނުޖެހުން' މިހެންނެވެ.

ޖޯކު

ޓީޗަރު: ބަސް އަހާތި
ޖުހާ: ލައްބަ

ޓީޗަރު: ކިޔވާތި
ޖުހާ: ލައްބަ

ޓީޗަރު: މަސައްކަތް ނިންމާތި
ޖުހާ: ލައްބަ

ޓީޗަރު: އެހާ ގިނައިން ލައްބަ ނުކިޔާތި
ޖުހާ: ލައްބަ

ހުޅަނގު މޫސުން

ނިމޭތާރީޙް
ފެށޭ ތާރީޙް
ނަން
21 އޭޕްރީލް
8 އޭޕްރީލް
އައްސިދަ
5 މޭ
22 އޭޕްރީލް
ބުރުނު
19 މޭ
6 މޭ
ކެތި
2 ޖޫން
20 މޭ
ރޯނު
16 ޖޫން
3 ޖޫން
މިއަހެލި
30 ޖޫން
17 ޖޫން
އަދަ
14 ޖުލައި
31 ޖޫން
ފުނޯސް
28 ޖުލައި
15 ޖޫން
ފުސް
10 އޮގަސްޓު
29 ޖުލައި
އަހުލިހަ
23 އޮގަސްޓު
11 އޮގަސްޓު
މާ
6 ސެޕްޓެމްބަރު
24 އޮގަސްޓު
ފުރަ
20 ސެޕްޓެމްބަރު
7 ސެޕްޓެމްބަރު
އުތުރަ
3 އޮކްޓޯބަރު
21 ސެޕްޓެމްބަރު
އަތަ
17 އޮކްޓޯބަރު
4 އޮކްޓޯބަރު
ހިތަ
31 އޮކްޓޯބަރު
18 އޮކްޓޯބަރު
ހިޔަ
13 ނޮވެމްބަރު
1 ނޮވެމްބަރު
ވިހާ
26 ނޮވެމްބަރު
14 ނޮވެމްބަރު
ނޮރަ
9 ޑިސެމްބަރު
27 ނޮވެމްބަރު
ދޮށަ



ޝަހީދުންގެ ޢީދު


މުޙައްމަދު ޖަމީލު ދީދީ

ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން ބަހީދެން އެހިތްވަރު އަލުން އާކުރާން
ބަހީދެން މިޤގައުމަށްޓަކައި ޖާނުދޭން ބަހީދެންއެކީގައި މުޅިން ހޭދަވާން
އަލުން އައި މިޢީދާ ގުޅޭނޭގޮތުން މަލުންމާގަތައަދޭށެ މިނިވަން އަތުން
ކަލުން އިސްވެދިޔަ ދެއްކެވިޔެ އާޔަތުން އަލުންވީޔެހުރި މާނަތައް ދަސްކުރާން
އިތުރު ހެޔޮލަފާ ދިވެހި އަގުހުރި ދަރީން މިތުރުނޭވެ ލޭދެއްވިޔޭ ތެދުވެރީން
ފިކުރުކޮށްލުމެއް ނެތް ގޮތެއްގައި ކުރީން އިތުރު ދިވެހި އުންމަތް ސަލާމަތް ކުރާން
ނަޒަރު ހިންގަމާތޯއެ ދުވަހަށް އެއައި ޤަދަރު ހުރި ޝަހީދުންގެ ނަންތައް ކިޔައި
އަސަރު ދިރުވަމާތޯއެ އަދު އެންމެހައި ޚަބަރު އައްސަވާށޭ ކުރައްވައި ހަނދާން
އަޔޭ ޕޯޗުގީޒުން އެއައި މާދުރުން ވަޔޭ ހަޑިކުރީ ވިހައެ ނޭވާ ތަކުން
ފަޔޭ ހަރުކުރަންވެސް ފެށީ މަޑުމަޑުން ލެޔޭ ދެންފެށީ ހަމަބިމަށް އޮހޮރުވާން
ވިޔޭ ދިވެހި އަގުހުރި ދަރިންތައް ޝަހީދު ވިޔޭ ދެންފިދާ ޖާނުދޫކޮށް ޢަޒީޒު
ކިޔޭހައި ނުވޭތޯއެ ދުވަހަށް މިޢީދު މިޔޭ ޢީދަކީ ދެން ކުރަންވީ ހަނދާން
ހޮވޭމީ ދުވަސްތޯއެ ތަކުގައި ޒަމަން އިވޭރާގު އިއްވައި މިލޮބުވެތި ވަޠަން
އިވޭހިނދު ޝަހީދުންގެ އަގުހުރި އެނަން ރޮވޭހައިނުވޭތޯއެ ވީމައި ހަނދާން

(ނުނިމޭ)

އޮނަރަބަލް އަލްއުސްތާޛުލް މަރުޙޫމު މުޙައްމަދު ޖަމީލް ދީދީ


 
އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 މޭ 1915ގައެވެ. އެމަނިކުފާނަކީ ދިވެހި ބަހުގެ އިސްލާމީ އަދަބުގެ އުޖާލާވި ރަންތަރިއެވެ. އަދި އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް ވެސްމެއެވެ.
ޖަމީލްދީދީ އަކީ ދިވެހިބަހުން މިހައިތަނަށް އެންމެގިނަ ފޮތްތައް އެކުލަވައިލެއްވި ލިޔުންތެރިޔާއެވެ. އެމަނިކުފާނު ލިޔުއްވިފޮތްތަކުގެ ތެރޭގައި ކުޑަކުދިންގެ ބަގީޗާ، ފިޔަވަޅު، ދީނިއްޔާތު އަދި ދުރޫސުލް އަޚްލާޤުވެސް ހިމެނެއެވެ. ޅެމާބެހޭ ވަރަށް މަޝްހޫރު ފޮތެއްކަމަށްވާ "ޅެމާއިޅެންވެރިކަން" ލިޔުއްވީވެސް ޖަމީލުދީދީއެވެ.
ޖަމީލްދީދީއަކީ ވަރަށް ކުޅަދާނަ ޅެންވެރިއެކެވެ. ތާރީޚީ، އަދަބީ، ޢިލްމީ، ދީނީއަދި ޤައުމީޅެންތައްވެސް އެމަނިކުފާނު ލިޔުއްވައިފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަކީވެސް ޖަމީލުދީދީގެ އުފެއްދުމެކެވެ.

ޖަމީލުދީދީ އަވަހާރަވީ 1989 ވަނައަހަރު މާރިޗުމަހު 15 ވަނަ ދުވަހުގައެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 73 އަހަރުފުޅެވެ. 

ތަރި

ކުރީޒަމާނުއްސުރެ މީހުން ފަލަކީ ޢިލްމު ކިޔަވަމުން އާދެއެވެ. ވީމާ ތަރިތަކާބެހޭގޮތުން ވެސް ކިޔަވަމުން އާދެއެވެ. ރޭގަނޑުގެ ވަގުތުގައި އުޑުމަތި ބަލައިލައިފިނަމަ ފެނިގެންދަނީ ވިދަވިދާހުންނަ ތަރިތަކެވެ. ތަރިއަކީ ކުރުކޮށް ބުނާކަމުގައިވާނަމަ ޖައްވުގެތެރޭގަވާ އަލިފާންބޯޅަބޯޅައެވެ. ހަމަލޮލުން އަހަރެމެންނަށް ފެންނާނީ އެންމެ ދެތިން ހާސް ތަރިއެވެ. 
ތަރިތައް ބެލުމަށް އެންމެފަސޭހަވާނީ އަދި އެންމެގިނަމީހުން ބަލަން ތިބޭނީ އަނދިރިތަންތާނގައެވެ. އަލިގަދަތަންތާގައި ތަރިބެލުމަކީ ވަރަށް ދަތި ކަމެކެވެ.އަލިގަދަކަމުން ތަރިތަކުގެ އަލި ނުފެންނާނެތީއެވެ. ވީމާ މީހުން ތަރިބަލަން ތިބޭނަމަ މީހުން އުޅޭހިސާބުން ދުރުގައި ލައިޓުތައް މަދު ތަންތާގައި ތަރި ބަލަން ތިބެއެވެ. 
އަޅުގަނޑުމެންގެ ދުނިޔެއާ އެންމެ ކައިރި ތަރިއަކީ އިރެވެ. އަހަރެމެންނަށް "ދުވާލު" ލިބެނީ އިރުގެ އަލިންނެވެ. އަހަރެމެންނަށް ހަނދު ފެންނައިރުވެސް އޭގެން ދައްކަނީ ހަނދުގެ އައްޔެއް ނޫނެވެ. އަހަރެމެންނަށް ފެންނަނީ ހަނދު އިރުގެ އަލި "ރިފްލެކްޓް" ކުރާތަނެވެ. އަހަރެމެންގެ އިރާއި އެ އިރު ވަށައިގެންވާ ޕްލެނެޓްތައް އެއްކޮއްލައިފައި ކިޔައި އުޅެނީ "ސޯލާ ސިސްޓަމް" އެވެ.
ތަރިތަކުގެ ދުރުމިން ބަލައިހަދަނީ ދެ އުއްބައްތީގެ ދުރުމިން ބަލާގޮތަށެވެ. އެއީ: ކައިރީގައި އިންނަ އުއްބައްތި ދުރުގައި އިންނައެއްޗަށްވުރެ ފެންނާނީ ފަނޑުކޮށެވެ. ހަމައެފަދައިން ކައިރީގައި އިންނަތަރިއަށްވުރެ ދުރުގައިއިންނަތަރި ފެންނާނީ ފަނޑުކޮށެވެ.  
އެއްބައި ތަރިތަކަށްވުރެން އަނެެެއްބައި ތަރިތައް އަލިގަދަވެފައި ބޮޑުވެސް ބޮޑުވެއެވެ. ވީމާ ދުރުގައިއިންނަތަރިއެއް ކައިރީގައި އިންނަތަރިއަކަށްވުރެން އަލިގަދަކޮށް އިނދެދާނެއެވެ. ނަމަވެސް އެފަދަކަންތައްތަް ފަލަކީޢިލްމުވެރިން ބަލައިހަދަނީ ތަރިތަކުގެ ކުލައަށް ބަރޯސާވެގެންނެވެ.