އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 މޭ 1915ގައެވެ. އެމަނިކުފާނަކީ ދިވެހި ބަހުގެ އިސްލާމީ އަދަބުގެ އުޖާލާވި ރަންތަރިއެވެ. އަދި އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް ވެސްމެއެވެ.
ޖަމީލްދީދީ އަކީ ދިވެހިބަހުން މިހައިތަނަށް އެންމެގިނަ ފޮތްތައް އެކުލަވައިލެއްވި ލިޔުންތެރިޔާއެވެ. އެމަނިކުފާނު ލިޔުއްވިފޮތްތަކުގެ ތެރޭގައި ކުޑަކުދިންގެ ބަގީޗާ، ފިޔަވަޅު، ދީނިއްޔާތު އަދި ދުރޫސުލް އަޚްލާޤުވެސް ހިމެނެއެވެ. ޅެމާބެހޭ ވަރަށް މަޝްހޫރު ފޮތެއްކަމަށްވާ "ޅެމާއިޅެންވެރިކަން" ލިޔުއްވީވެސް ޖަމީލުދީދީއެވެ.
ޖަމީލްދީދީއަކީ ވަރަށް ކުޅަދާނަ ޅެންވެރިއެކެވެ. ތާރީޚީ، އަދަބީ، ޢިލްމީ، ދީނީއަދި ޤައުމީޅެންތައްވެސް އެމަނިކުފާނު ލިޔުއްވައިފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަކީވެސް ޖަމީލުދީދީގެ އުފެއްދުމެކެވެ.
ޖަމީލުދީދީ އަވަހާރަވީ 1989 ވަނައަހަރު މާރިޗުމަހު 15 ވަނަ ދުވަހުގައެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 73 އަހަރުފުޅެވެ.






0 comments:
Post a Comment
We need your feedback so please comment.