Related Posts Plugin for WordPress, Blogger...

Wednesday, March 26, 2014

ޝަހީދުންގެ ޢީދު


މުޙައްމަދު ޖަމީލު ދީދީ

ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން ބަހީދެން އެހިތްވަރު އަލުން އާކުރާން
ބަހީދެން މިޤގައުމަށްޓަކައި ޖާނުދޭން ބަހީދެންއެކީގައި މުޅިން ހޭދަވާން
އަލުން އައި މިޢީދާ ގުޅޭނޭގޮތުން މަލުންމާގަތައަދޭށެ މިނިވަން އަތުން
ކަލުން އިސްވެދިޔަ ދެއްކެވިޔެ އާޔަތުން އަލުންވީޔެހުރި މާނަތައް ދަސްކުރާން
އިތުރު ހެޔޮލަފާ ދިވެހި އަގުހުރި ދަރީން މިތުރުނޭވެ ލޭދެއްވިޔޭ ތެދުވެރީން
ފިކުރުކޮށްލުމެއް ނެތް ގޮތެއްގައި ކުރީން އިތުރު ދިވެހި އުންމަތް ސަލާމަތް ކުރާން
ނަޒަރު ހިންގަމާތޯއެ ދުވަހަށް އެއައި ޤަދަރު ހުރި ޝަހީދުންގެ ނަންތައް ކިޔައި
އަސަރު ދިރުވަމާތޯއެ އަދު އެންމެހައި ޚަބަރު އައްސަވާށޭ ކުރައްވައި ހަނދާން
އަޔޭ ޕޯޗުގީޒުން އެއައި މާދުރުން ވަޔޭ ހަޑިކުރީ ވިހައެ ނޭވާ ތަކުން
ފަޔޭ ހަރުކުރަންވެސް ފެށީ މަޑުމަޑުން ލެޔޭ ދެންފެށީ ހަމަބިމަށް އޮހޮރުވާން
ވިޔޭ ދިވެހި އަގުހުރި ދަރިންތައް ޝަހީދު ވިޔޭ ދެންފިދާ ޖާނުދޫކޮށް ޢަޒީޒު
ކިޔޭހައި ނުވޭތޯއެ ދުވަހަށް މިޢީދު މިޔޭ ޢީދަކީ ދެން ކުރަންވީ ހަނދާން
ހޮވޭމީ ދުވަސްތޯއެ ތަކުގައި ޒަމަން އިވޭރާގު އިއްވައި މިލޮބުވެތި ވަޠަން
އިވޭހިނދު ޝަހީދުންގެ އަގުހުރި އެނަން ރޮވޭހައިނުވޭތޯއެ ވީމައި ހަނދާން

(ނުނިމޭ)

0 comments:

Post a Comment

We need your feedback so please comment.