ހަތަރު އުދަރެސް ފެނުޖެހުމުގެ ލަފްޒީ މާނައަކީ ހިކިފަސްތަނެއް ފެންނަން ނެތުމެވެ.
ހަތަރު އުދަރެސް ފެނުޖެހުމޭ ބުނެ އުޅެނީ ބޮޑުކަމެއް މެދުވެރި ވެގެން ވިސްނަވިސްނައިގެންވެސް އެކަމެއްގެ ހައްލު ނުފެނުމުން ނުވަތަ ކަމަކަށް ގޮތް ހުސް ވުމުންނެވެ.
މިސާލަކަށް ބުނާނަމަ ރަށެއް ގިރަނީއެވެ. އެރަށުގެ ވެރިމީހާ މިކަން ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް މިކަމެއް ކާމިޔާބެއް ނުވިއެވެ. މީނާ މިކަމާމެދު ވިސްނައި ވިސްނައިވެސް މިކަމަކަށް ހައްލެއް ނުފެނުނެވެ. މިފަދަ ޙާލަތްތަކުގައި ބުނެއުޅޭނީ 'ހަތަރު އުދަރެސް ފެނުޖެހުން' މިހެންނެވެ.






0 comments:
Post a Comment
We need your feedback so please comment.