Related Posts Plugin for WordPress, Blogger...

Wednesday, March 26, 2014

ތަރި

ކުރީޒަމާނުއްސުރެ މީހުން ފަލަކީ ޢިލްމު ކިޔަވަމުން އާދެއެވެ. ވީމާ ތަރިތަކާބެހޭގޮތުން ވެސް ކިޔަވަމުން އާދެއެވެ. ރޭގަނޑުގެ ވަގުތުގައި އުޑުމަތި ބަލައިލައިފިނަމަ ފެނިގެންދަނީ ވިދަވިދާހުންނަ ތަރިތަކެވެ. ތަރިއަކީ ކުރުކޮށް ބުނާކަމުގައިވާނަމަ ޖައްވުގެތެރޭގަވާ އަލިފާންބޯޅަބޯޅައެވެ. ހަމަލޮލުން އަހަރެމެންނަށް ފެންނާނީ އެންމެ ދެތިން ހާސް ތަރިއެވެ. 
ތަރިތައް ބެލުމަށް އެންމެފަސޭހަވާނީ އަދި އެންމެގިނަމީހުން ބަލަން ތިބޭނީ އަނދިރިތަންތާނގައެވެ. އަލިގަދަތަންތާގައި ތަރިބެލުމަކީ ވަރަށް ދަތި ކަމެކެވެ.އަލިގަދަކަމުން ތަރިތަކުގެ އަލި ނުފެންނާނެތީއެވެ. ވީމާ މީހުން ތަރިބަލަން ތިބޭނަމަ މީހުން އުޅޭހިސާބުން ދުރުގައި ލައިޓުތައް މަދު ތަންތާގައި ތަރި ބަލަން ތިބެއެވެ. 
އަޅުގަނޑުމެންގެ ދުނިޔެއާ އެންމެ ކައިރި ތަރިއަކީ އިރެވެ. އަހަރެމެންނަށް "ދުވާލު" ލިބެނީ އިރުގެ އަލިންނެވެ. އަހަރެމެންނަށް ހަނދު ފެންނައިރުވެސް އޭގެން ދައްކަނީ ހަނދުގެ އައްޔެއް ނޫނެވެ. އަހަރެމެންނަށް ފެންނަނީ ހަނދު އިރުގެ އަލި "ރިފްލެކްޓް" ކުރާތަނެވެ. އަހަރެމެންގެ އިރާއި އެ އިރު ވަށައިގެންވާ ޕްލެނެޓްތައް އެއްކޮއްލައިފައި ކިޔައި އުޅެނީ "ސޯލާ ސިސްޓަމް" އެވެ.
ތަރިތަކުގެ ދުރުމިން ބަލައިހަދަނީ ދެ އުއްބައްތީގެ ދުރުމިން ބަލާގޮތަށެވެ. އެއީ: ކައިރީގައި އިންނަ އުއްބައްތި ދުރުގައި އިންނައެއްޗަށްވުރެ ފެންނާނީ ފަނޑުކޮށެވެ. ހަމައެފަދައިން ކައިރީގައި އިންނަތަރިއަށްވުރެ ދުރުގައިއިންނަތަރި ފެންނާނީ ފަނޑުކޮށެވެ.  
އެއްބައި ތަރިތަކަށްވުރެން އަނެެެއްބައި ތަރިތައް އަލިގަދަވެފައި ބޮޑުވެސް ބޮޑުވެއެވެ. ވީމާ ދުރުގައިއިންނަތަރިއެއް ކައިރީގައި އިންނަތަރިއަކަށްވުރެން އަލިގަދަކޮށް އިނދެދާނެއެވެ. ނަމަވެސް އެފަދަކަންތައްތަް ފަލަކީޢިލްމުވެރިން ބަލައިހަދަނީ ތަރިތަކުގެ ކުލައަށް ބަރޯސާވެގެންނެވެ.

0 comments:

Post a Comment

We need your feedback so please comment.