ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ
ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1910 ވަނަ އަހަރުގެ ޖުލައިމަހު 20
ވަނަދުވަހުގައެވެ. އެމަނިކުފާނަކީ ހަމައެކަނި އަދީބެއްނޫނެވެ. އެމަނިކުފާނަކީ
ދިވެހިރާއްޖޭގެ އެންމެފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ވެސްމެއެވެ. އެމަނިކުފާނަކީ
ދިވެހި އަދަބިއަޔާތަށް ވަރަށް އަގުހުރި ޙިދުމަތްތަކެއް ކުރައްވައިފައިވާ
ބޭފުޅޭކެވެ.
މުޙައްމަދު
އަމީންއަކީ މޮޅު ލިޔުއްވުންތެރިއެކެވެ. މަޝްހޫރު ޝާޢިރެކެވެ. ކުޅަދާނަ
ވާހަކަދެއްކުންތެރިއެކެވެ. އެމަނިކުފާނު ދިވެހި އަދަބަށް ކުރައްވައިފައިވާ ޙިދުމަތްތަކުގެތެރޭގައި
ދިވެހިރާއްޖޭގެ ފުރަތަމަ ނޫސް ނެރުއްވުން، މަދަރުސާއަށް ކިޔަވައިދޭ ފޮތްތަކާއި
ސިޔާސީ ފޮތްތަކާއި ތާރީޚީފޮތްތަކުގެ އިތުރުން ގިނަގުނަ ޅެންތައް ހެއްދެވުންވެސް
ފާހަގަކޮށްލެވެއެވެ. މުޙައްމަދު އަމީން އަވަހާރަވީ މީލާދީން 194 ވަނަ އަހަރު
ޖެނުއަރީމަހު 19 ވަނަ ދުވަހުގައެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 44
އަހަރުފުޅެވެ.






0 comments:
Post a Comment
We need your feedback so please comment.