Related Posts Plugin for WordPress, Blogger...

Saturday, March 16, 2013

މަދިރި



މަދިރި

foto: umaa.org

ގަޔަށް ކަށި ކޮއްޕަމުން ދާނޭ ގަޔަށް ބަލި ޖައްސަމުންދާނޭ
ފަޔަށް، ލޯ، ކަންފަތަށް ދަންދެން މަދިރި ޖައްސާފަ ލޭބޯނޭ

ފެނަށް ބިސްތައް މަދިރި އަޅަޔޭ އެއަށްފަހުގައި އިތުރުކުރެޔޭ
ގުނަން ނޭނގޭ ވަރަށްވެސް މަދިރިތައް ގިނަގުނަ ވެގެންދާނޭ

ޗިކުން ގުންޔާ މިފަދަ ބަލިތައް ގަޔަށް ޖައްސައި އެފަތުރާނޭ
ހިކަންޖަށްވުރެ މި އުނދަގޫ ބޮޑު މަދިރި ގިނަގުނަ ވެގެންދާނޭ

މަދިރިޔާހެދި  އަހަރެމެންނަށް  މިތާއުޅެވޭ  ވަރެއް ނޫނޭ
މަ ދިރިހުއްޓާ މަބަލިޖައްސައި މަރައިލަންވެސް މަދިރި އުޅުނޭ

ކަހައިފައި އަތް މަބުނެލަމުއޭ ކިހައި ބޮޑު އުނދަގުލެއް ނޫންހޭ؟
މިއީ ހަމަ ތެދު  ޙަޤީޤަތެކޭ  މިދުނިޔޭގައި   މަދިރިކާނޭ


=އަޙްމަދު އަމާން އިބްރާހިމް=

1 comment:

We need your feedback so please comment.