Related Posts Plugin for WordPress, Blogger...

Sunday, March 3, 2013

ވަތަންގެ ދަރީނަށް ގޮވައިލުމެއް


ވަޠަންގެ ދަރީންނަށް ގޮވައިލުމެއް
މުޙަންމަދު އަމީން


!ވަޠަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާނުދޭން
               !ވަތަން ގެ އާ ޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން 
!ހިތުގެއަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅައި
              !އިހުގެ ބަޠަލްތަކުން ފަދައިން ކެރޭށެވީ ށަހީދުވާން
އަލުންނުދީ ފުރާނަތައް މިޤައުމު އައުވެވޭށިތޯ؟
              !ވަޠަންގެ މާތް ދަރީންތަކޭ ފަށާށެ އަދު އިޖާބަދޭން
،ތަނެއް ނުދީ ފަސާދައަށް އަބަދުއެކީ ހިނގާށެވީ
               !އަޙުންތަކަށް ޖެހޭދަތީން އެކީއެކަށް ފަސޭހަ ދޭން
،ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން
                !ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރަން
،ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތިނަން
                 !ވަމާހެ ދާ ބައެއްކަމަށް ހިތާ އެކީ މިރޫޙުދޭން
،އަމާންކަމާއެކީ ލިބޭނެހެން އަބަދު ޙިމާޔަތެއް 
                !އަމާޒުވާ ގޮތަށް ދަމާ މިޢަޒުމުގައި ޝަހީދުވާން

0 comments:

Post a Comment

We need your feedback so please comment.