Related Posts Plugin for WordPress, Blogger...

Friday, April 19, 2013

މަރކިއުރީ

Photo: NASA
   މަރކިއުރީއޭ ބުނީމައި ވަރަށް ގިނަ އެއްޗެހި ހިތަށް އަރައިފާނެއެވެ. ބްރޭންޑެއް ބާވައެވެ ނުވަތަ ކެމިކަލްއެއް ބާވައެވެ ޢޭވެސް ހީކޮށްފާނެއެވެ. ނަމަވެސް މިތާނގައި މިބުނަނީ މަރކިއުރީ ކިޔާ ޕްލެނެޓެއްގެ ވާހަކައެވެ. މަރކިއުރީއަކީ އަޅުގަނޑުމެންގެ ސޯލާ ސިސްޓަމުން އެންމެކުޑަ ޕްލެނެޓެވެ. ކުޑަ   ވުމުގެ އިތުރުން އިރާ ކައިރިވުމުގެ ސަބަބުން  އެއާބެހޭގޮތުން ފަލަކީ ޢިލްމުވެރިންނަށް މައުލޫމާތު ހޯދަން އުނދަގޫ ޕްލެނެޓެކެވެ. 
   އަދި އެއް ދުވަސް ވަނީ 59 ދުނިޔޭ ދުވަހުންނެވެ. މަރކިއުރީގައި އަހަރެއްވަނީ 88ށް ދުވަހުންނެވެ. މަރކިއުރީ އިރު ވަށައި ދަތުރުކުރަނީ ގަޑިއިރަކު 50 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެހެން ހުރިހައި ޕްލެނެޓްތަކަށްވުރެން ބާރަށެވެ. 
  މަރކިއުރީ އިރުވަށައި ބުރުއަޅާކަމަށް އެންމެފުރަތަމަބުނީ ހެރަކްލެއިޑެސްއޭކިޔާ ފަލަކީ ޢިލްމުވެރިއެކެވެ. އެއީ ސީ385ބީސީގައެވެ. އަދި އެންމެފުރަތަމަ ޓެލެސްކޯޕަކުން މަރކިއުރީ ބަލައިހެދީ ޓެލެސްކޯޕް އީޖާދުކުރި ގަލީލިއޯ ގަލީލީއެވެ. 
   މަރކިއުރީއާބެހޭގޮތުން މައުލޫމާތުހޯދަން އެންމެފުރަތަމަ ފޮނުވީ މެރީނާރ 10ކެވެ. މެރީނާރ 10 އޭގެ ދަތުރު ފެއްޓީ 1973 ވަނައަހަރުގެ ނޮވެމްބަރުމަހުއެވެ. މިއުޅަނދު މަރކިއުރީ ކައިރިން 3 ފަހަރު ދިޔައެވެ. އަދި މަރކިއުރީގައި މެގްނެޓިކް ފީލްޑެއް އިންނަކަންވެސް ހާމަކުރިއެވެ. 
    މީގެކުރިއަކުން އެއްވެސް އުޅަނދެއް މަރކިއުރީގައި ޖައްސައިފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި މަރކިއުރީއަށް ޖައްސާނެއުޅަނދު ފޮނުވުމަށް ޔޫރޯޕިއަން ސްޕޭސް އޭޖެންސީ (އީ.އެސް.އޭ) އިން އަމާޒުކޮށްފައިވެއެވެ.

0 comments:

Post a Comment

We need your feedback so please comment.