ގައުމީ ސަލާމް
ގައުމީ މި އެކުވެރި ކަންމަތީ ތިބެގެން ކުރީމެސަލާމް
ގައުމީ ބަހުން ގިނަހެޔޮ ދުޢާކުރަމުން ކުރީމެ ސަލާމް
ގަމުމީ ނިޝާނަށް ހުރުމަތާއެކު ބޯލަނބާ ތިބެގެން
އައުދާނަކަށް ލިބިގެން އެވާ ދިދަޔަށް ކުރީމެސަލާމް
ގައުމީ މިއެކުވެރި ކަންމަތީ ތިބެގެން ކުރީމެ ސަލާމް
ގައުމީ ބަހުން ގިނަ ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް
ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާރަތާއިހުދާ އެކީ ފެނުމުން ކުރީމެސަލާމް
ގައުމީ މިއެކުވެރި ކަންމަތީ ތިބެގެން ކުރީމެ ސަލާމް
ގައުމީ ބަހުން ގިނަހެޔޮ ދުޢާ ކުރަމުން ކުރީމެސަލާމް
މުހައްމަދު ޖަމީލް ދީދީ
(މިއުޒިކް:ވަންނަކުވައްޓަވަޑުގެ ދޮން އަމަރަދޭވާ(ކޮޅުނބު







0 comments:
Post a Comment
We need your feedback so please comment.